Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ސިއްހީ ދާއިރާ ތަރައްގީކުރަން ނޭޕާލާއެކު މަޝްވަރާކޮށްފި

ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ސަފީރު ޑރ.ޕޫރްނާ ބަހާދުރު ނޭޕާލީ އާއި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ބައްދަލުކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީ ގަައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ރާއްޖެ އާއި ނޭޕާލްއާ ދެމެދު އޮތް ދުވަސްވީ ރަހްމަތްތެރި ގުޅުމަށް އަލިއަޅުވާލައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެގޮތުން ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮަށްފައިވެ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވަނީ ނޭޕާލް ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.