Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޓެރަރިޒަމްގެ ދައުވާ 3 މީހަކަށް

ޓެރަރިޒަމްގެ މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ޓެރަރިޒަމްގެ އެ މައްސަލައިގައި ތިން މީހަކާ ދެކޮޅަށް ފުލުހުން ހުށަހެޅި މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށާއި ދައުވާ ކުރުމާ މެދު، އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ.

ނަމަވެސް މިއީ ކޮން މައްސަލައެއް ކަމެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން، ޓެރަރިޒަމުގެ އަމަލުތަކާ ދެކޮޅަށް މިދިޔަ ރޯދަ މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގި ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރި އެވެ.

އެ އޮޕަރޭޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.