Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ފޭދޫ މަލްޓި މީޑިއާ ލައިބްރަރީ ހަދަން ހަވާލުކޮށްފި

އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ މަލްޓި މީޑިއާ ލައިބްރަރީގެ މަޝްރޫއު ކައުންސިލުން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ ޕްރޮޖެކްޓް އިއްޔެ ހަވާލުކޮށްފައި ވަނީ މަރަދޫގެ ކުންފުންޏެއް ކަމަށްވާ ބަނދަރުވޭ މާޓްއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ސޮއިކުރާ ތާރީޚުން ފެށިގެން 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި މިކަމަށް ހަރަދު ވާނީ 1.456 މިލިއަން ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ.

ފޭދޫގައި ހަދާ މަލްޓި މީޑިއާ ލައިބްރަރީ އަކީ އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއު ހިންގައި ދޭނެ ބަޔަކު ހޯދަން ބީލަމަށްލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.