Last Updated: June 25, 21:52
Thursday, June 26, 2025
ޚަބަރު

ޑިންގީއަކާއި ލޯންޗެއް ޖެހި 3 މީހަކަށް އަނިޔާވެއްޖެ

ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓުވެ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ޅ. މަޑިވަރު އެއާޕޯޓާ ދިމާލުން ރޭ ހިނގި ހާދިސާގެ މައުލޫމާތު ލިިބުނީ ރޭ 08:26 ހާއިރު ކަމަށެވެ. އެ ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވެގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އެކްސިޑެންޓަށް ފަހު ޑިންގީ މިހާތަނަށް ފެނިފައި ނުވާ އިރު، ޑިންގީ ވަނީ އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގު އަންނަ ކަމަށެވެ.