Last Updated: June 26, 09:50
Thursday, June 26, 2025
ޚަބަރު

އާރްޓީއެލްގެ ހިދުމަތް މާދަމާ ރ. އަތޮޅަށް

ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް) ގެ ދަށުން ދެމުން އަންނަ ފެރީގެ ހިދުމަތް މާދަމާ ރ. އަތޮޅުގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

މިކަމަށް ތައްއްޔާރުވުމުގެ ގޮތުން އެ އަތޮޅުގެ ރަށްރަށުގައި ބައްދަލުވުންތަކެއް ވެސް މިނިސްޓްރީ އާއި އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވެ އެވެ. އާރްޓީއެލްގެ ހިދުމަތް ދެނީ އެމްޓީސީ މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އައިއެންޕީއެފްއެން) ގައި ހިމެނޭ އާރްޓީއެލްގެ ހިދުމަތް މާދަމާ ރ. އަތޮޅަށް ފެށުމަށް ފަހު އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ހިލޭ ދަތުރުކޮށް، މި ނިޒާމު ތަޖުރިބާކޮށްލުމުގެ ފުރުސަތު އެ އަތޮޅުގެ ރައްޔިތުންނަށް ފަހިވާނެ ކަމަށެވެ.

އެ މުއްދަތަށް ފަހު ޖުލައި 3 އިން ފެށިގެން އާރްޓީއެލްގެ ހިދުމަތަށް އަގު ނަގަން ފަށާނެ އެވެ. އެގޮތުށް އާރްޓީއެލްގެ ވެބްސައިޓް (rtl.mv) އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނާނެ އެވެ.

ދެހާސް ބާވީހުގައި ތައާރަފުކުރި އާރްޓީއެލްގެ ހިދުމަތް މިހާތަނަށް ވަރަށް ގިނަ އަތޮޅުތަކުގައި ފަށާފައިވެ އެވެ. ދެން އެންމެ އަވަހަށް އެ ހިދުމަތް ފަށަން ނިންމާފައި އޮތީ ބ. އަތޮޅުގަ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހިދުމަތް ނުފެށީ ހުރިހާ އަތޮޅުތަކަށް ހިދުމަތް ދޭމް ފެށުމެވެ.

އާރްޓީއެލްގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.