Last Updated: June 26, 09:50
Thursday, June 26, 2025
ޚަބަރު

ޖުލައި 28 ގައި ސަރުކާރު ބަންދު ވާނެ

އަންނަ މަހުގެ 28 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހުގެ ހަރަކާތްތަކުގެ އިތުރުން 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމްގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ އެކަމަށްޓަކައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ކަމަށެވެ.

މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ. މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި 26 އެވެ.

ރާއްޖެ އަށް އިނގިރޭސީންގެ އަތްދަށުން މިނިވަން ލިބުނީ ޖުލައި 26، 1965 ގަ އެވެ.