މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި އެވެ.
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށާފައި ވަނީ މެއި މަހުގެ 1 އިން ފެށިގެންނެވެ.
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން މިހާރު 14 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ އިރު، މިހާރު ވެސް އިތުރު 8 އެޕްލިކޭޝަނެއް ވަނީ ޕްރޮސެސިންގް މަރުހަލާގައިވާ ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން ޖުމްލަ 38 މަސްވެރިޔަކު ލޯނަށް އެދި ހުށަހަޅާފައިވެ އެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެން ދާނެ އެވެ. މަސްވެރިންނަށް ރަހުނެއް ނެތި 300،000ރ. ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ.