Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މީހެއްގެ މުދަލަށް ބާރު ހިންގި ހިތަދޫ މީހަކު ހޯދަނީ

ކްރިނިމަލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ހިތަދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ޢަލީބޮޚާރީގޭ، އަހުމަދު ޝުޖާއު، 32، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިއަދު މެންދުރު ފަހު 1:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ޝުޖާއުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.