ހިންދީ ސިނަމާގެ ރަން ޒަމާނުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ މީނާ ކުމާރީ އަށް ބިނާކޮށް މިދިޔަ އަހަރު "ކަމަލް އޯރް މީނާ" ގެ ނަމުގައި އިއުލާންކުރި ފިލްމުގައި މީނާގެ ރޯލު ކުޅެން ކިއާރާ އަދުވާނީ އަށް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމު، މިހާރު އަލަތު ދަރިފުޅަށް ބަލިވެއިން ބަތަލާ އަށް ހުށަހެޅުމާ ގުޅިގެން، ފިލްމަށް ސޮއިކުރާނެކަމުގެ ފެހި ސިގްނަލް ދީފައިވެ އެވެ. އެހެންވެ ވިހެއުމަށް ފަހު، ކިއާރާ ކުޅޭނެ ފުރަތަމަ ފިލްމަކީ "ކަމަލް އޯރް މީނާ" ކަމަށް ބެލެވެ އެވެ.
ކަމަލް އަކީ "ޓްރެޖެޑީ ކްއީން" ގެ ނަމުން މަޝްހޫރުވި އަދ ވަރަށް ޒުވާން އުމުރުގައި މަރުވި މީނާގެ އެންމެ ފަހުގެ ފިލްމު 1973 ގެ "ޕަކީޒާ" ގެ ޑައިރެކްޓަރެކެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުމެއް އުފެދުނު އިރު މީނާގެ އުމުރުން އެންމެ 18 އަހަރެވެ. އަދި ކަމަލް އަށް 35 އަހަރެވެ. އޭރު އޭނަ އަކީ ކައިވެނިކޮށް ދަރިން ވެސް ލިބިފައިވާ މީހެކެވެ.
ހިންދީ ސިނަމާގެ މަސައްކަތުގެ ތެރެއިން އުފަންވި މި ލޯބީގެ ވާހަކަ އަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ގުޅުމެކެވެ.
ކަމަލް އަމްރޯހީ އަކީ "ޓްރެޖެޑީ ކްއީން" ގެ ނަމުން މަޝްހޫރުވި އަދ ވަރަށް ޒުވާން އުމުރުގައި މަރުވި މީނާގެ އެންމެ ފަހުގެ ފިލްމު 1973 ގެ "ޕަކީޒާ" ގެ ޑައިރެކްޓަރެކެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުމެއް އުފެދުނު އިރު މީނާގެ އުމުރުން އެންމެ 18 އަހަރެވެ. އަދި ކަމަލް އަށް 35 އަހަރެވެ. އޭރު އޭނަ އަކީ ކައިވެނިކޮށް ދަރިން ވެސް ލިބިފައިވާ މީހެކެވެ.
ހިންދީ ސިނަމާގެ މަސައްކަތުގެ ތެރެއިން އުފަންވި މި ލޯބީގެ ވާހަކަ އަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ގުޅުމެކެވެ.
އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ބަލިވެއިންކަން އިއުލާންކުރީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.
ކިއާރާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮގަސްޓް 14 އަށް ތާވަލުކޮށްފައި އޮތް ރިތިކް ރޯޝަންގެ "ވޯ 2" އެވެ. ކިއާރާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ކަންނާޑާ އެކްޓަރު ޔާޝްގެ "ޓޮކްސިކް" ވެސް ހިމެނެ އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.
"ކަމަލް އޯރް މީނާ" އަކީ ސާރޭގާމާ އިންޑިއާ އާއި ލަޔަންހާޓް ސިނެމާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރު ސިދާތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މަހާރާޖް" އެވެ. އޭނަ އަކީ "ހިޗްކީ" އާއި "ވީ އާ ފެމިލީ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.