އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މުވައްޒަފުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
އިއްޔެ އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 46 މުވައްޒަފަކު ބައިވެރިވި އެވެ.
އެ ޕްރޮގްރާމްގައި ފަޔަ އެވެއާނަސް ތިއަރީ އާއި އަދި ޕްރެކްޓިކަލް ކުލާސްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެގޮތުން އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔައި ދިނުމުގެ އިތުރުން އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީ އެ ތަކެތި ބޭނުން ކުރާނެ ގޮތްތައް ދަސްކޮށް ދީފައިވެ އެވެ.
މި ޕްރޮގްރާމްގެ ކުލާސްތައް ނަގައި ދިނީ ސަދަން އޭރިއާ ކޮމާންޑުގެ ފަޔަ ކޮމްޕޯނަންޓުގެ ފަޔާފައިޓަރުންނެވެ.