Last Updated: June 26, 23:59
Friday, June 27, 2025
ޚަބަރު

މާލެ ކައުންސިލަށް އާ އެސްޖީއެއް

މާލޭ ސިޓީ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އޭނަ އައްޔަންކުރީ ކައުންސިލް 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މުހައިމިން އެންމެ ފަހުން ހުންނެވީ ކައުންސިލްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.

މުހައިމިނަކީ ކުރިން، ތަޢުލީމީ ދާއިރާގައި، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އެގޮތުން ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާއި މެދު ރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރުކަމާއި މާލޭގެ، ހުރިހާ ސްކޫލެއްގެ ކޯޑިނޭޓަރުކަމާއި މާލޭގައި ހިންގާ އަމިއްލަ ސްކޫލްތަކާއި އިންޓރނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.

މުހައިމިނަކީ މާސްޓާސް ޑިގްރީ ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެސްޖީގެ މަގާމަށް ހުޅުވައިލުމުން މުހައިމިން ހިމެނޭ ގޮތަށް ހަތަރު ބޭފުޅަކު ކުރިމަތިލި އެވެ.