ކާށިދޫ ކަނޑަށް މިއަދު މެންދުރު ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި މީހަކު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ ދިވެހި ފިރިހެނެކެވެ. އެ މީހާ މަރުވީ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ލޭންޑިން ކްރްފާޓް ބަންޑުން ޖަހައިލި ހާދިސާއާ ގުޅިގެން ފަސް މީހަކު ސަލާމަތްކޮށް، ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެެ. އޭގެ ތެރެއިން އެކަކު މަރުވި އިރު، އަނެއް ހަތަރު މީހުންނަށް ވެސް ހޮސްޕިޓަލްފައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ދެ ބިދޭސީން ވެސް ހިމެނެ އެވެ.
އެމްއެންޑީއެފުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެކަމަކު އެ ހާދިސާ ހިނގި އިރު، އޭގައި ތިބީ ޖުމްލަ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓަކީ ސިވެކް ކިޔާ ކުންފުންޏެއްގެ އެއްޗެކެވެ.