އައްޑޫ މަރަދޫފޭދޫގައި މިރޭ ވަރަށް ހާއްސަ ދަރުހެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އަވަށު އޮފީހުން އިންތިޒާމުކުރާ މި ދަރުހުގެ މައުޟޫއަކީ "ނަމާދެވެ! ނަމާދެވެ!" އެވެ. ދަރުސް ދެއްވާނީ އުސްތާޒް އަހުމަދު ނިޒާމެވެ.
މަރަދޫފޭދޫ ބަނދަރު ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ ދަރުސް ފަށާނީ 8:30 ގަ އެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު މި ދަރުހުގައި ބައިވެރިވުމަށް މަރަދޫފޭދޫ އަވަށު އޮފީހުން އެދެ އެވެ.