Last Updated: June 27, 10:38
Friday, June 27, 2025
ޚަބަރު

ޓޫރިޒަމް ދާއިރާގެ ތަރައްގީ އަށް އައިކޯސްޓް މަޝްރޫއެއް

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށް އައިކޯސްޓް މަޝްރޫޢުގެ ތައްޔާރީ ފިޔަވަހި ފަށައިފި އެވެ.

ޓޫރިޒަމް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް އެހީތެރި ވެދޭނެ އިންޓެގްރޭޓެޑް ކޮލެބަރޭޓިވް އެޕްރޯޗް ފޯ ސަސްޓެއިނަބަލް ޓޫރިޒަމް (އައިކޯސްޓް) މަޝްރޫޢުގެ ތައްޔާރީ ފިޔަވަހި ރަސްމީކޮށް މިއަދު ފައްޓަވައޮ ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަން މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުޞަދަކީ ޓޫރިޒަމް ދާއިރާއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެސް، ދާއިރާ އިތުރަށް ކުރިއެރުވުމަށް އެހީތެރިވުމެވެ. މިއީ ޓޫރިޒަމް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއެރުވުމަށް ބާރުއަޅާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫޢުގެ ތައްޔާރީ ފިޔަވަހީގެ ފެށުމުގެ ވޯކްޝޮޕެއް އިއްޔެ ވަނީ ބާއްވައިފަ އެވެ.

އެ ވޯކްޝޮޕްގައި ރިސޯޓްތަކާއި ޓޫރިޒަމް ސިނާއީ ޖަމިއްޔާތަކުންނާއި، އެ ދާއިރާގެ އެހެނިހެން މަސްލަހަތު ހިމެނޭ ފަރާތްތަކުން ވަނީ ބައިވެރިވި އެވެ. އެ ވޯކްޝޮޕް ބޭނުމަކީ މަޝްރޫޢު އެކުލަވާލާނެ ގޮތާއި، އޭގެ އުސޫލުތަކާ ބެހޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމެވެ.

"އައިކޯސްޓް" މަޝްރޫޢަކީ ޖީއީއެފް އަދި ޔުނިޑޯގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާނެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދާނެކެމުގެ އުންމީދު އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.