Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

އުރީދޫ ފަން ރަން: ބަހާއި ފެރީގެ ހާއްސަ އިންތިޒާމުތަކެއް

އަންނަ ހުކުރު ދުވަހު އައްޑޫ ސިޓީ މަރަދޫގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބަހާއި ފެރީގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ.

އުރީދޫ ފަން ރަން އޮންނާނީ ހުކުރު ދުވަހުގެ ހަވީރު މަރަދޫ ހާބަރު ސަރަހައްދުގަ އެވެ.

މި ރަންގައި ބައިވެރިވާން ހުޅުމީދޫއިން މަރަދޫއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ހުކުރު ދުވަހުގެ މެންދުރު 2:15 ގައި ފެރީގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި މަރަދޫއިން އެނބުރި ހުޅުމީދޫއަށް ފެރީ ދާނީ އެ ދުވަހުގެ ރޭ 7 ޖަހާއިރު އެވެ.

ބަސް ދަތުރުތައް ހިތަދޫގައި ހަމަޖެހިފައިވާ ގޮތް:

މިލާނޯ ރެސްޓޯރެންޓް: މެންދުރު 2:30 ގައި
ހޯމްވެއާ: މެންދުރު 2:30 ގައި
އެސްއެލްބީ ފެބްރިކްސް: މެންދުރު 2:40 ގައި
އެފެސް ކޭކް: މެންދުރު 2:45 ގައި
ސިޓީ ސްކޮޔާ: މެންދުރު 2:50 ގައި
އައްޑޫ ހޮސްޕިޓަލް: މެންދުރު 2:50 ގައި

ބަސް ދަތުރުތައް ފޭދޫ އަދި މަރަދޫފޭދޫގައި ހަމަޖެހިފައިވާ ގޮތް:

އެމްޓީސީސީ ޓާމިނަލް: މެންދުރު 2:45 ގައި
މެޖެންޓާ ކަންމަތި : މެންދުރު 2:50 ގައި
މަރަދޫފޭދޫ ބަނދަރު: މެންދުރު 3:05 ގައި

އުރީދޫ "ފަން ރަން" އަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަސްރަތެއްކަން އަންގައިދިނުމުގެ މަގުސަދުގައި އުރީދޫން ބާއްވަމުން އަންނަ ވަރަށް މަގުބޫލު ހަރަކާތެކެވެ.

މިދިޔަ އަހަރުގެ "ފަން ރަން" ބޭއްވީ ފުވައްމުލަކުގަ އެވެ.