Last Updated: July 13, 18:21
Monday, July 13, 2026
ޚަބަރު

މިނިވަން 60 ގެ ލޯގޯ ދައްކާލައިފި

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ބޭނުންކުރަން ނިންމާފައިވާ ލޯގޯ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދައްކާލައިފި އެވެ.

މި ލޯގޯ ކުރެއްސެވީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހިމް އެވެ.

މިނިވަން 60 ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް އެ ވުޒާރާއިން ކުރިއަށްގެންދިޔައިރު، އެންމެ ރަނގަޅު ލޯގޯއެއް ހޮވާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި އެއް ވަނަ އަށް ހޮވުނު ލޯގޯއަކަށް 30,000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލޯގޯ ފަރުމާ ކުރުމުގައި އިސްލާމްދީނާއ،ި ދިވެހިބަހާއ،ި ސަގާފަތާއ،ި ދިވެހި ތަރިކަ ރަމްޒުކޮށްދިނުމާއ،ި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށްދޭން ޖެހޭނެ ކަމަށް އެ ވުޒާރާއިން މީގެކުރިން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

މި ލޯގޯ މިއަހަރު ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.