Last Updated: June 28, 09:41
Saturday, June 28, 2025
ޚަބަރު

ރާއްޖޭގެ މިސްރާބު ބަދަލުކުރާނީ އެކުގައި ގަދަކޮށް ތިބެ

ރާއްޖޭގެ މިސްރާބު އެމްޑީޕީން ބަދަލުކުރާނީ އެކުގައި ގަދަކޮށް ތިބެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ފައްޔާޒު ވިދާޅުވީ ގައުމުގެ ހާލަތު ގޯސްވެގެންދާ ކޮންމެ ދަނޑިވަޅެއްގައި އާންމު ރައްޔިތުންގެ ފޯކަސް ހުންނަނީ އެމްޑީޕީއާ ދިމާލަށް ކަމަށާއި އެމްޑީޕީއަށް ނޫނީ މި ގައުމަށް ބޮޑެތި ބަދަލުތައް ނުގެނެވޭނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ފާއިތުވި 20 އަހަރުތެރޭ ވަރަށް ބޮޑެތި ކަންތައްތަކާއި އެމްޑީޕީން ކުރިމަތިލާފައިވާ ކަމަށާއި އެގޮތުން ޕާޓީގެ އެތެރޭގައި ވެސް އެތައް ކަންތައްތަކެއް ހިނގައިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިއަދު މިއޮތް ރާއްޖެ އަނެއްކާވެސް އެހެން ދިމާލަކަށް މިސްރާބު ބަދަލުކުރުމަށް ނިކުންނަނީ އެކުގައި ގަދަކޮށް ތިބެގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ފެނިގެންދާނީ އެމްޑީޕީގެ މަސައްކަތުން އަނެއްކާވެސް ރާއްޖެ ހަމަ މަގަށް އަޅުވައި، ރައްޔިތުން އުއްމީދުކުރާ ފަދަ ބޮޑެތި ބަދަލުތަކާއި ދިމާލަށް ރާއްޖެ މިސްރާބު ކުރާތަން ކަމަށެވެ. އަދި މި މަސައްކަތުގައި އެމްޑީޕީ ގަދަކޮށް ކުރިއަށްދާނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ކަމަށްވެސް ވިދާޅުވި އެވެ.