Last Updated: June 28, 09:44
Saturday, June 28, 2025
ޚަބަރު

އުރީދޫ 'ފަން ރަން' މާދަމާ

އުރީދޫ މޯލްޑިވްސްގެ "ފަން ރަން" މާދަމާ އައްޑޫގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.

މި ދުވުމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ މަރަދު ބަނދަރު މަތީގަ އެވެ. އެގޮތުން އިވެންޓަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، މިހާރު އޮތީ ނިމިފަ އެވެ.

"ފަން ރަން" މާދަމާ ބާއްވާ އިރު، މީގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން އައްޑޫން ވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވާ އިރު، ރާއްޖޭގެ ހިސާބުތަކުން ވެސް ދުވުމަށް ލޯބިކުރާ ގިނަ ބަޔަކު ދުވުމުގައި ބައިވެރިވާނެ އެވެ. އަދި ވަރަށް ގިނަ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތުން ވެސް "ފަން ރަން" ގައި މީހުން ބައިވެރިވާނެ އެވެ.

ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ވަރަށް ފޯރިގަދަކޮށް ބާއްވަމުން އަންނަ އުރީދޫ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަސްރަތެއްކަން އަންގައި ދިނުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ވަރަށް މަގުބޫލު ހަރަކާތެކެވެ.

މިދިޔަ އަހަރު "ފަން ރަން" ބޭއްވީ ފުވައްމުލަކުގަ އެވެ.

މިދިޔަ އަހަރުގެ "ފަން ރަން" ބޭއްވީ ފުވައްމުލަކުގަ އެވެ.