Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އައްޑޫގައި ޓީޓީގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް

އައްޑޫގައި ޓޭބަލް ޓެނިސް ޕްރޮގްރާމެއް ލޯންޗްކޮށްފި އެވެ.

ދިގު މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފްރޮގްރާމަކީ ހުނަރުވެރި ޓީޓީ ކުޅުންތެރިން އުފައްދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ލޯންޗްކުރީ ރޭ ހިތަދޫ ކޮމިއުނިޓީ ސެންޓަރުގައި ބޭއްވު ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުރީގެ މަޝްހޫރު ޓީޓީ ތަރި އަދި މިހާރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ.

އައްޑޫގައި ލޯންޗްކުރި ޓީޓީ ޕްރޮގްރާމަކީ އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން ގުޅިގެން ލޯންޗްކުރި ޕްރޮގްރާމެކެވެ.

މި ޕްރޮގްރަމް ލޯންޗްކޮށްފައި ވަނީ އައްޑު އަށް ޓީޓީގެ ބިދޭސީ ކޯޗަކު ވެސް ގެނައުމަށް ފަހު އެވެ. ކައުންސިލުން ބުނީ އެ ކޯޑް އަހަރު ދުވަހަށް އައްޑޫގައި މަސައްކަތް ކުރާނެ ކަަމަށެވެ.

ހިތަދޫ ކޮމިނިއުޓީ ސެންޓަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވާ ޝައުގުވެރިވާ ކުދިންނަށް އެ ފުރުސަަތު ހިލޭ އޮތީ ހުޅުވާލައިފަ އެެވެ.

މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު އަދި އައްޑޫން ޓީޓީގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިފެން ދާނެ ޕްރޮގްރާމަކަށް ވާނެ ކަމަށް ގަބޫކުކުރައްވާ ކަމަށެވެ. އެހެންވެ ޓީޓީ އަށް ލޯބިކުރާ ކުދިން މި ފުރުސަތުގެ ބޭނުން ހިފަން މޭޔަރު އެދިވަޑައިގަތެވެ.