ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ދެމުން އަންނަ ފެރީގެ ހިދުމަތް މާދަމާ ރ. އަތޮޅުގައި މިއަދު ފަށައިފި އެވ.
އެމްޓީސީސީ މެދުވެރިކޮށް ދޭ މި ހިދުމަތް އެ އަތޮޅުގައި މިއަދު ފެށމާ އެކު އަންނަ މަހުގެ 2 އާ ހަމައަށް ހިލޭ ދަތުރުކުރެވޭނެ އެވެ. ޓިކެޓް ވިއްކައިގެން ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ 3 އިން ފެށިގެންނެވެ.
ރ. އަތޮޅުގައި އަތޮޅުގެ އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަތޮޅުގެ ރައްޔިތުންްނަށް މަރުހަބާ ވެސް ދަންނަވައިފަ އެވެ. ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް ވެވަޑައިގަތް ވައިދާ އެއްގޮތަށް ޚިދުމަތް ވަނީ ފަށާފައިވާތީރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ
ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި. މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން.
ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ…
— Dr Mohamed Muizzu (@MMuizzu) June 26, 2025
"ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެން ދާނެ،" ރައީސް ވިދާޚުވި އެވެ. "އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށް."
ދެހާސް ބާވީހުގައި ތައާރަފުކުރި އާރްޓީއެލްގެ ހިދުމަތް މިހާތަނަށް ވަރަށް ގިނަ އަތޮޅުތަކުގައި ފަށާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހިދުމަތް ނުފެށީ ހުރިހާ އަތޮޅުތަކަށް ހިދުމަތް ދޭމް ފެށުމެވެ.
އާރްޓީއެލްގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.