ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގިތަދޫ މީހެއްގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ވާ ގޮތުން ބަލަމުން ގެންދާ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަނީ ހިތަދޫ، ސަރިންދާގެ، މުޙައްމަދު ހާދީ، 38، އެވެ. ފުލުހުން ބުނާ އޭނާއަކީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބެނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެެއް ކަމަށެވެ.
މުޙައްމަދު ހާދީ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެ އެވެ.