Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފަގީރެއްގެ ބޮލަކަށް 5،000ރ. ބަހައިފި

ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަޤީރުންނަށް ބޮލަކަށް 5،000ރ. ރޭޓުން މުދަލު ޒަކާތް ބަހައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތް ފަޤީރުންގެ ދަފުތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ 2،852 ފަޤީރުންނަށް ކަމަށެވެ. އެއީ ކޮންމެ މީހެއްގެ ބޮލަކަށް 5000 ރުފިޔާގެ ރޭޓުންނެވެ. މިއީ މިދިޔަ އަހަރަށްވު ރެ 1،000 ރުފިޔާގެ އިތުރުވުމެެކެވެ.

މިދިޔަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ. އެގޮތުން މުދަލު ޒަކާތަށް ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.