Last Updated: June 28, 09:38
Saturday, June 28, 2025
ދުނިޔެ

ބަރަހަނާ ފޮޓޯ ނެގި ޓީޗަރުންތަކެއް ހައްޔަރުކޮށްފި

ޖަޕާންގެ ޕްރައިމަރީ ސްލޫކްތަކެއްގެ އަންހެން ދަރިވަރުންތަކެއްގެ ބަރަހަނާ ފޮޓޯ ނަގައި، އެ ފޮޓޯތައް ޓީޗަރުންތަކެއް އުޅޭ ޗެޓް ގްރޫޕެއްގައި ޝެއާކުރި މައްސަލައެއްގައި ފިރިހެން ދެ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަކުރީ ސަރުކާރުގެ ސްކޫލްތަކެއްގައި މަސައްކަތް ދެ ޓީޗަރެކެވެ. އެއީ 42 އަހަރުގެ ޓީޗަރަކާއި 37 އަހަރުގެ ޓީޗަރެކެވެ. މީޑިއާތަކުން ބުނީ 42 އަހަރުގެ ޓީޗަރަކީ ނަގޯޔާގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެއް ކަމަށާއި އަނެއް ޓީޗަރަކީ ޔޮކޮހާމާގެ ސްކޫލެއްގެ ޓީޗަރެއް ކަމަށެވެ.

އެ މީހުން ނަގާފައިވާ ދަރިވަރުންތަކެއްގެ ބަރަހަނާ ފޮޓޯތައް ދައުރުކޮށްފައި ވަނީ ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކެއްގައި ކިޔަވައިދޭ ޓީޗަރުންތަކެއް އުޅޭ ގްރޫޕެއްގަ އެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން ދެ ޓީޗަރުންގެ އިތުރުން މިހާރު، އެ ގްރޫޕްގެ އެޑްމިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ދަރިވަރުންގެ ބަރަހަނާ ފޮޓޯ/ވީޑިއޯ ނެގުމަކީ ގާނޫނީ ގޮތުން ވެސް މަނާ ކަމަކަށްވާތީ އެކަން ކުރި ޓީޗަރުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް ނުވަތަ ތިން މިލިއަން ޔެން (20،800 ޑޮލަރު) ގެ ޖޫރިމަނާއެއް އަންނާނެ އެވެ.