Last Updated: June 28, 08:58
Saturday, June 28, 2025
ޚަބަރު

ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް، ހަތަރު މީހަކަށް ފަރުވާ ދެނީ

އެކްސިޑެންޓްވި މީހުން އުނގޫފާރަށް ގެންދިޔުން - ފޮޓޯ: ފައިނު އޮންލައިން

ރ. ފައިނުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކަސްރަތަށް ހިނގަން ގޮސް އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. ސައިކަލު ދުއްވީ 18 އަހަރު ނުވާ ދެ ކުދިން ކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓުގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.