Last Updated: June 28, 22:19
Saturday, June 28, 2025
ޚަބަރު

އުރީދޫ 'ފަން ރަން' ހަވީރު

އުރީދޫ މޯލްޑިވްސް އިން މިއަދު އައްޑޫގައި ބާއްވާ "ފަން ރަން" އިވެންޓް ހަވީރު 4:00 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މި ހަރަކާތުގެ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ އިރު، އިވެންޓްގެ ހަރަކާތްތައް އިންތިޒާމުކޮށްފައި ވަނީ މަރަދޫ ބަނދަރުމަތީގަ އެވެ. "ފަން ރަން" އާ ދިމާކޮށް މަރަދޫގައި އިއްޔެ ވަނީ ކުޑަކުދިންގެ ހާއްސަ ހަވީރެއް ވެސް ބާއްވައިފަ އެވެ. ކުޑަކުދިންނަށް ހާއްސަ އެތައް ކަމަކާ އެކި ބޭއްވި އެ ހަވީރަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެެވެ.

އުރީދޫ ބުނީ "ފަން ރަން" ގެ ހަރަކާތް މިއަދު ކުރިއަށް ދާނީ އިރު އޮއްސި 6:00 އާ ހަމައަށެވެ.

މި ދުވުމުގައި މި ފަހަރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ބައިވެރިވާނެ އެވެ. އުރީދޫން ބުނީ އައްޑޫގައި ބާއްވާ "ފަން ރަން" ވާނީ މިހާތަނަށް މި ސިޓީގައި ބާއްވާ އެންމެ ބޮޑު، އެންމެ ފޯރިގަދަ ދުވުމަށް ކަމަށެވެ.

ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އުރީދޫ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަސްރަތެއްކަން އަންގައި ދިނުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ވަރަށް މަގުބޫލު ހަރަކާތެކެވެ.

މިދިޔަ އަހަރު "ފަން ރަން" ބޭއްވީ ފުވައްމުލަކުގަ އެވެ.