Last Updated: June 29, 09:42
Sunday, June 29, 2025
ޚަބަރު

ޕީއެންސީގެ ޓީމުތަކެއް އަތޮޅުތަކަށް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހަރަކާތްތައް އަތޮޅުތަކުގައި އިތުރުކުރުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ.

އެގޮތުން އެ ޕާޓީގެ ޓީމްުތަކެއް މިހާރު ރ. އަތޮޅާއި ނ. އަތޮޅުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ދަތުރުގެ ތެރެއިން ރ. ހުޅުދުއްފާރުގައި ޕީއެންސީގެ ސްޓިއަރިންގް ކޮމިޓީއާ ވެސް ބައްދަލުކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި ރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމް ކުރުމާއި، ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ރ. އަތޮޅު ޓީމުގައި އިސްކޮށް ހުންނެވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފެވެ.

ނ. ވެލިދޫގެ ޕާޓީގެ ސްޓިއަރިންގް ކޮމިޓީއާ ވެސް އެ އަތޮޅަށް ދިޔަ ޓީމުން ބައްދަލުކޮށް ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތަކެއްކޮށްފައިވެ އެވެ.