މިއަދު ސިނަމާތަކަށް ގެނައި ހޮލީވުޑްގެ މަޝްހޫރު ތަރި، ބްރެޑް ޕިޓްގެ ފިލްމުި "އެފް 1" ގެ ޕްރޮމޯޝަންތަކުގައި ގައުމުން ބޭރުގައި ބޭރުގައި އުޅެނިކޮށް އޭނަގެ ގެއިން ވައްކަންކޮށްފި އެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ލޮސް އެންޖެލިސްގެ ގެއިން ވައްކަންކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއް ކަމަށާއި ގެއަށް ވަދެފައި ވަނީ ކުޑަދޮރެއް ހަލާކުކޮށްކައިގެން ކަމަށެވެ ޕިޓްގެ ގެއިން ވައްކަންކުރި ކަމަށް ތުހުމަތު ކުރެވެނީ ތިން މީހެކެވެ.
ފުލުހުން ބުނީ ވަގުން ގެއަށް ވަދެ، ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ވަގަށް ގެންދިޔައީ ކޮންކޮން ސާމާނުތަކެއް ހާމައެއެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ އަންނަނީ ވައްކަންކުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"އެފް 1" ގެ އިނގިރޭސިވިލާތުގެ ޕްރީމިއާ ޕިޓް މި ވަގުތު ހުރީ އެ ގައުމުގަ އެވެ. ވައްކަން ކުރި އޭނަގެ ގެއަކީ 2023 ގައި ގަތް ތިން ކޮޓަރީގެ ގެއެކެވެ.