Last Updated: June 28, 22:19
Saturday, June 28, 2025
ޚަބަރު

3،000 ބައިވެރިންނާއެކު އުރީދޫން ކާމިޔާބު ދުވުމެއް

އުރީދޫ މޯލްޑިވްސްގެ "ފަން ރަން" އައްޑޫ ސިޓީ މަރަދޫގައި ބާއްވައިފި އެވެ.

އުރީދޫ ފަން ރަންގައި އުރީދޫގެ އިސްވެރިންނާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާ ބައިވެރިވެވަޑައިގެންނެވިއިރު، މި ރަންގައި އެކި އުމުރުފުރާގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މަރަދޫ ހާބަރު ސަރަހައްދުގައި ކުރިއަށްދިޔަ މި ރަންގައި 3،000 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު، އެންމެ އުފާވެރި މި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމުމުގެ ފުރުސަތު އޮވެ އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ.