Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހއ. އަތޮޅަށް އައިޑީ ކާޑުގެ ހިދުމަތް ތައާރަފުކޮށްފި

ހއ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އެ އަތޮޅުގައި ހިދުމަތް ދެނީ ހޯރަފުށީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ.

މުޅި ރާއްޖެ އައިޑީ ހަދައި ދިނުމުގެ ހިދުމަތް ފުޅާކުރަން މި ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 23 ރަށެއްގައި އެ ހިދުމަތް ގާއިމުކޮށްފައިވެ އެެވެ.

އަމާޒަކީ މި އަހަރުގެ ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ހިދުމަތް ތައާރަފު ކުރުމެވެ.

ދިވެހިންނަށް ރާއްޖެ އިން ބޭރުން އައިޑީ ކާޑުގެ ހިދުމަތް އެންމެ ފުރަތަމަ ފެށި ގައުމަކީ މެލޭޝިއާ އެވެ. އެ ހިދުމަތް ދޭން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.