Last Updated: June 29, 10:57
Sunday, June 29, 2025
ޚަބަރު

'ފުލުހަކާ އެކު ކޮފީއެެއް' މާދަމާ

"ފުލުހަކާ އެކު ކޮފީއެއް" ގެ ނަމުގައި ހުޅުމާލޭގައި މާދަމާ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އާންމުންނާއި ފުލުހުންނާ އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ކުރިއަށް ގެންދަން ނިންމި މި ހަރަކާތް ފޭސް ދޭއްގެ ހިޔާ ޕާކް ސަރަހައްދުގައި ކަމަށް ފުލުހުން ބުންޏެވެ. އެއީ މާދަމާ ހަވީރު 4:30-6:00 އަށެވެ.

ފުލުހުން ބުނީ މި ހަރަކާތުގެ ސަބަބުން އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެހެންވެ ބައިވެރިވުމަށް އެދިފައިވެ އެވެ.

އާންމުންނާއި ފުލުހުންނާ އޮންނަ ގުޅުން ގާތްކޮށް، ބަދަހި ކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އެކިއެކި ހަރަކާތްތައް ބާއްވަ އެވެ. އެގޮތުން "ވޯކް އެންޑް ޓޯކް" އަކީ ވެސް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދާ މިފަދަ ހަރަކާތެކެވެ.