Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މީހުން ބިނާކުރަން ނޭޕާލާ މަޝްވަރާކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާ އަށް ފަންނީ މީހުން ނޭޕާލުގައި ތަމްރީނު ކުރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި މަޝްވަރާތަތައް ބޭއްވީ ތައިލެންޑްގެ ބެންކޮކްގައި ކުރިއަށް ގެންދިޔަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރްވީއެސް) ކޮންފަރެންސްގެ ތެރެއިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ނޭޕާލްގެ ހެލްތު މިނިސްޓަރު ޕްރަޑިޕް ޕައުޑެލްއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެގޮތުން ނޭޕާލުގައި ރާއްޖޭގެ ހެލްތު ޕްރޮފެޝަނަލުންނަށް ޚާއްސަކޮށް ނަރުހުންނާއި ސްޕެޝަލިސްޓް މެޑިކަލް ދާއިރާތަކުން މީހުން ތަމްރީން ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ނޭޕާލާކީ މިހާރު ވެސް މެޑިކަލް ދާއިރާ އިން އާންމުކޮށް ދިވެހިން ތަމްރީނުވާ ގައުމެއްކަމެވެ.