Last Updated: June 28, 22:19
Saturday, June 28, 2025
ޚަބަރު

ޑޮލަރުގެ އަގު މައްޗަށްދާތީ އިމްރާންގެ ސުވާލުތަކެއް!

ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށްދާ މައްސަލާގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.

ބެންކޮކްގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް މިއަދު ސޯޝަލް ޕޯސްޓެއްގައި އައްސަވާފައި ވަނީ
ނުހިފޭއް ޓޭވަރަށް ޑޮލަރުގެ އަގު މައްޗަށް ގޮސް މުދަލާއި ކާބޯތަކެތީގެ އަގު މައްޗައް ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިނިސްޓަރު އަޅުއްވާ ފިޔަވަޅުތަކުގެ ހަރުދަނާކަމުންތޯ އެވެ.

"ނޫނީ ރައީސްގެ ލަފާފުޅަށް މިނިސްޓަރު ޢަމަލު ނުކުރައްވާތީ ބާވަ އެވެ؟" އިމްރާން ވިދާޅުވި އެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމާއި ކަޅު ބާޒާރުގައި ޑޮލަރު ބޮޑު އަގުގައު ވިއްކަމުންދާ މައްސަލަ އަށް މިހާތަނަށް ވެސް އެކަށީގެންވާ ހައްލެއް ސަރުކާރަށް ހޯދައި ދެވިފައި ނުވާތީ މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ގައި މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އޭގެ ފަހުން ވެސް އެތައް ފަހަރެއްގެ މަތިން މި މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައުވެ އެވެ.

އެކަމަކު ބަދަލެއް ނުގެމެވި މިހާރު ވެސް ޑޮލަރެއް ލިބެނީ 19.50ރ. ނުވަތަ 20ރ. އަށެވެ.