މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. ފައިނުގައި ހިނގި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި ތިން މީހުންނަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ސޯޅަ އަހަރުގެ ކުއްޖަކު ދުއްވި ސައިކަލް ޖެހުނީ ކަސްރަތަށް ދުވަން ނުކުމެ އުޅުނު ފައިނަލް ސްކޫލްގެ ޕްރިންސިޕަލާއި އެ ސްކޫލްގެ އިސްލާމް ޓީޗަރުގަ ގައިގަ އެވެ. ސޯޅަ އަހަރު ކުއްޖާ ދުއްވި ސައިކަލްގެ ފަހަތުގައި 14 އަހަރުގެ ކުއްޖަކު ވެސް އިނެވެ.
މި މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ ދެ ކުދިންނާއި ޓީޗަރަށެވެ.
ސައިކަލް ދުއްވި ކުއްޖާ އަކީ މި އަހަރު ސްކޫލް ނިންމި ކުއްޖެކެވެ. އަދި އަނެއް ކުއްޖާ އަކީ ގްރޭޑް 9 ގައި ކިޔަވާ ދަރިވަރެކެވެ.
އައިޖީއެޗުން ބުނީ ތިން މީހުންނަށް ވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އިރު، އެ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ ސައިކަލު ޓޯކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.