Last Updated: June 10, 09:34
Wednesday, June 10, 2026
ދުނިޔެ

ޝަހީދުވި އިރާންގެ ލީޑަރުންތަކެއްގެ ޖަނާޒާ ބާއްވައިފި

ބާރަ ދުވަހަށް ދެމިގެން ދިޔަ އިރާނާއި އިޒްރޭލާ ދެމެދު ކުރެވުނު ހަނގުރާމައިގައި އިރާނުން ޝަހީދުވި އިރާންގެ އިސް އޮފިޝަލުންތަކެއެއްގެ ޖަނާޒާ މިއަދު ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ.

ޖަނާޒާ ބޭއްވި މީހުންގެ އަދަދު ގާތްގަނޑަކަށް 60 އަށް އަރަށް އެވެ. އޭގެ ތެރޭގައި އިރާނުގެ އަސްކަރިއްލާގެ އިސް ބައެއް ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންސްވެރިންނާއި ވެސް ހިމެނެ އެވެ. އިރާނާއި އިޒްރޭލުން ކުރި ހަނގުރާމައިގައި އަވަހާރަކޮށްލި އިރާންގެ އަސްކަރިއްޔާގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި މުހައްމަދު ބަގޭރީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހަނގުރާމައިގައި އޭނަ އަނބިކަނބަލުންނާއި ދަރިކަނބަލުން ވެސް ޝަހީދުވެފައިވެ އެވެ.

ޝަހީދުކޮށްލި މީހުންގެ ޖަނާޒާ އޮތް ތެހެރާންގެ އިންގިލާބް މައިދާނަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވެ އެވެ.

އިރާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހަނގުރާމައިގައި އެ ގައުމުން 627 މީހުން ޝަހީދުވި އިރު، އިރާނުން އިޒްރޭލަށް ދިން ހަމަލާތަކުގައި ޔަހޫދީންގެ 28 މީހަކު މަރުވެފައިވެ އެވެ.

މި މަހުގެ 13 ވަނަ ދުވަހު އިރާނާއި އިޒްރޭލާ ދެމެދު ފެށުނު ހަނގުރާމަ ނިމުމަކަށް އައި އިރު، އަނިޔާވެރި ޔަހޫދީންނަށް ވާގިދޭ އެމެރިކާ އިން އިރާންގެ ނިއުކްލި ތިން ސައިޓަކަށް ބޮން ވެސް އަޅައި ގެއްލުންތައް ދީފައިވެ އެވެ. އޭގެ ރައްދުގައި އިރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފަ އެވެ.

އަދި އެމެރިކާ މެދުވެރިވެގެން އިރާނާއި އިޒްރޭލު ހަނގުރާމަ ހުއްޓައިިލަން ނިންމިކަން އިއުލާންކުރީ މި މަހުގެ 24 ގަ އެވެ.