Last Updated: July 16, 17:57
Thursday, July 16, 2026
ޚަބަރު

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް އެލާޓް ނެރެފި

މަރަދޫއަށް އުދަ އެރުމުގެ ސަބަބުން ރަށުތެރެއަށް ލޮނު އަރާފައި - ފޮޓޯ: އައްޑޫލައިވް

އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މެންދުރު 13:30 އިން ހަވީރު 17:00 އަށެވެ. އެލާޓްގައި ބުނެފައިވަނީ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެޓުން ވިދާޅުވީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވެސް މެޓުން ބުނެ އެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.