Last Updated: July 16, 17:57
Thursday, July 16, 2026
ޚަބަރު

'ފުލުހަކާ އެކު ކޮފީއެެއް' ފަސްކޮށްފި

"ފުލުހަކާ އެކު ކޮފީއެއް" ގެ ނަމުގައި ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދަން ނިންމި ހަރަކާތް ފަސްކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ފުލުހަކާއެކު ކޮފީއެއް" ހަރަކާތް މޫސުން ގޯސް ވުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސް ކުރެވިފައިވާ ކަމަށެވެ.

މިއީ އެކުވެރި މާހައުލެއްގައި ފުލުހުންނާއި ބައްދަލުވެ، ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބޭގޮތަށް ބޭއްވުމަށް ނިންމި ހަރަކާތެކެވެ.

އާންމުންނާއި ފުލުހުންނާ އޮންނަ ގުޅުން ގާތްކޮށް، ބަދަހި ކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އެކިއެކި ހަރަކާތްތައް ބާއްވަ އެވެ. އެގޮތުން "ވޯކް އެންޑް ޓޯކް" އަކީ ވެސް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދާ މިފަދަ ހަރަކާތެކެވެ.