Last Updated: June 28, 22:19
Saturday, June 28, 2025
މުނިފޫހިފިލުވުން

'ލިލީ' ގެނެސް ދެނީ އަޒްހާން

މިދިޔަ ހަފުތާގައ ނިންމާލި ލިލީމާ ބެހުމުގެ ފޯރިގަނޑެއްގެ ކުރިން 'މުޅި ހިންނަވަރަށް މަޝްހޫރު' އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ކަމަށް ބުނެ ދާދި ފަހުން އާންމުންގެ ސަމާލުކަން ހޯދި ވިޑިއޯކޮޅަކަށް ފަހު "ލިލީ" ގެ ނަމުގައި ފިލްމެއް ގެނެސްދޭން ނިންމިކަން މިއަދު އިއުލާންްކޮށްފި އެވެ.

އޭގެ ޓަައިޓްލް ލޯގޯ ޓީޒާ ދައްކާލައި ފިލްމުގެ ލީޑް ކާސްޓުންނަކީ ކޮބައިކަން ވެސް ވަނީ ހިއްސާކޮށްފަ އެވެ. އެއީ އައިޝާ އަލީ އާއި އަހުމަދު ޝާރިފްގެ އިތުރުން މުހައްމަދު އިޝްފާނެވެ.

"ލިލީ" އަކީ މިދިޔަ އަހަރު "މީ އިޝްގް" ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން އަޒްހާން އިބްރާހިމްގެ ދެވަނަ ފީޗާ ފިލްމެވެ. އޭނަ އަކީ "ދަރަކަ" އާއި "މިރާއީ" ސީރީޒް ވެސް ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.

ކްރިއޭޓިވް ނެޓްވޯކްގެ "ލިލީ" މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާން ނުކުރެ އެވެ.