Last Updated: July 16, 17:57
Thursday, July 16, 2026
ޚަބަރު

އުދަ އަރާނެތީ ބްރިޖުން ދަރުތުކުރާއިރު ސަމާލުވާން އެދިއްޖެ

ސިނަމާލެ ބްރިޖު

އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ ބްރިޖާއި ހައިވޭގައި، ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މެންދުރު 13:30 އިން ހަވީރު 17:00 އަށެވެ. އެލާޓްގައި ބުނެފައިވަނީ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފުލުހުން ބުނީ އެވަގުތުތަކުގައި ބްރިޖާއި ހައިވޭ ބޭނުންކުރާއިރު ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ވަގުތުތަކުގައި، ދަތުރުތައް ކުރުމަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެޓުން ވިދާޅުވީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވެސް މެޓުން ބުނެ އެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.