Last Updated: June 30, 09:50
Monday, June 30, 2025
ރިޕޯޓް

އިސްލާމީ ޝަރީޢަތާއި މަކާރިމުލްއަޚުލާޤު!

އިސްލާމީ ޝަރީޢަތަކީ ރިވެތި އަޚުލާޤާއި، މާތް އަދަބުތަކުގެ މައްޗައް އެކުލެވިގެންވާ، ދެވަނައެއް ނެތް މަތިވެރި ޝަރީޢަތެކެވެ. ކީރިތި ރަސޫލާ ނަބީކަމާއިގެން ފޮނުއްވުމުގެ މަޤުޞަދަކީ ރިވެތި އަޚުލާޤު އާލާކޮށް ދިރުވުމަށެވެ. މިޙަޤީޤަތް ކަށަވަރުކޮށް ދެއްވަމުން ލޮބުވެތި ނަބިއްޔާ ޞައްލައްﷲ އަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ: (إِنَّماَ بُعِثْتُ لِأُتَمِّمَ مَكاَرِمَ الأَخْلاَقِ) (رواه البخاري في الأدب المفرد:273) މާނައީ: [ތިމަންކަލޭގެފާނު ފޮނުއްވިގެންވާކަން ކަށަވަރީ ރިވެތި އަޚްލާޤު ފުރިހަމަ ކުރެއްވުމައްޓަކަ އެވެ.]

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އަޚުލާޤުގެ ތެރޭގައި އިންސާނާ އޭނާގެ ވެރި ރަސްކަލާނގެ އާމެދު ޢަމަލުތައް ބަހައްޓަން ޖެހޭ ގޮތާއި އޭނާގެ އަމިއްލަ ނަފްސާ މެދު ކަންކަން ކުރަންވީ ގޮތާއި އޭނާގެ ވަށައިގެންވާ އެހެނިހެން އިންސާނުންނާ މެދު މުޢާމަލާތު ކުރަންވީ ގޮތް ބަޔާން ކުރައްވާފައިވެ އެވެ.

އިންސާނާގެ އެންމެ އަގުބޮޑު ޖަވާހިރުކަމުގައިވާ އޭނާގެ ބުއްދި ޙިމާޔަތް ކުރުމަށްޓަކައި، އިސްލާމީ ޝަރީޢަތުގައި ރާ ޙަރާމް ކުރެއްވިއެވެ. ޙައްޤާއި ބާޠިލްވަކިކޮށް ދެނެގަތުމުގެ ވަސީލަތަކީ ބުއްދިއާއި ފިކުރުމުގައިވާތީއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:

(يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ) ( المائدة: 90-91)

"އޭ އީމާންވީ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި ޖުވާ ކުޅުމާއި އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރި ގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައި މީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބުލިބޭތޯއެވެ. ޝައިޠާނާ އެދޭ ކަން ކަށަވަރީ ރާ އާއި، ޖުވާގެ ސަބަބުން ތިއަބައި މީހުންގެ މެދުގައި ޢަދާވާތްތެރިކަމާ، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ހުރަސް އެޅުމަށެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތައް ހުއްޓައިލާށެވެ."

އަދި ޒިނޭ ޙަރާމް ކުރައްވައި އިންސާނީ މުޖްތަމަޢުގެ ނަސްލު ޙިމާޔަތްކޮށްދެއް ވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ ( وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلاً) (الإسراء: 32 ) މާނައީ : [ އަދި ތިޔަބައި މީހުން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަންބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހާ ނުބައި ވެގެންވެއެވެ. ]އަދި ހަމަ އެއާއެކު އީމާންތެރި، ހެޔޮލަފާ، އަދި މައިންބަފައިންނަށް ކަމޭހިތާ، ކުޑަކުދިންނަށްއޯގާތެރި ފާހިޝް ކަންކަމުން ދުރުވެގެންވާ، ރަނގަޅުމުޖްތަމަޢެއްބިނާކުރެއްވުމަށް ބާރު އަޅުއްވައި ވަޙީކުރަށްވާފައިވެއެވެ:

(۞ قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ) ( الأنعام: 151)

މާނައީ : [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާނަމެވެ. ތިޔަބައިމީހުން އެކަލާނގެ އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! މައިންބަފައިންނަށް ހެޔޮކޮންހިތާށެވެ! ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށްވެސް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ. ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ނުމަރާށެވެ! މިކަންތައްތަކާމެދު އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައި މީހުން ވިސްނުމަށްޓަކައެވެ.]

އަދި ހަމަ އެހެންމެ އަބުރުވެރި ޢިއްފަތްތެރި ލާމަސީލު މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢުވުމަށްޓަކައި އެބައިމީހުންގެ ބެލުންތައް ތިރިކޮށް، ލަދުވެތި ގުނަވަންތަކާއި މެދު ރައްކާތެރިވެ ތިބުމަށް ބާރުއަޅުއްވައި އަންގަވައެވެ: (قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ) ( النور: 30 ) މާނައީ : [އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެބައިމީހުންގެ ޢައުރަ ރައްކައުތެރިކުރުމަށް، މުއުމިން ފިރިހެނުންނަށް ކަލޭގެފާނުވިދާޅުވާށެވެ. އެގޮތް އެބައިމީހުންނަށް ރައްކާތެރިކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެބައިމީހުން ކަންތައް ކުރާގޮތް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ.]

އަދިވެސް ވަޙީކުރައްވާފައިވެ އެވެ.

(وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ) ( النور :31 )

[އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަބަލުންގެ އަޚުންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާ ވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރައަކީ ކޮބައިކަން ނޭނގޭ ވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާތަކާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ އެއްމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކަ އެވެ.]

އަދި ހަމަ އެފަދައިން ކައިވެންޏާއި ވަރީގެ ކަންކަމުގައި ވެސް ހަރުދަނާ އަޚުލާޤީ ޤަވާޢިދުތަކެއް އިސްލާމީ ޝަރީޢަތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އައްޠަލާޤު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

(يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّـهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّـهِ ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا * إِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ وَأَقِيمُوا الشَّهَادَةَ لِلَّـهِ ۚ ذَٰلِكُمْ يُوعَظُ بِهِ مَن كَانَ يُؤْمِنُ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا) (الطلاق: 1-2)

މާނައީ: " އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާ ނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް، ތިޔަބައިމީހުން تقوى ވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفس އަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށް ފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّه އެހެން ގޮތެއް މެދުވެރިކުރައްވައިފާނެކަން ވެސް ތިބާޔަކަށް ނޭނގެތެވެ. ފަހެ، އެކަނބަލުންގެ عدّة ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި رجوع ކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެމީހުން ހެކިކުރާށެވެ! އަދި اللَّه އަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ! اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނަށް نصيحة ދެއްވާފައިވާ ގޮތަކީ އެއީއެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.

މިއީ އިންސާނީ މުޖުތަމަޢު ހެޔޮގޮތުގައި ތަރުބިޔަތުކޮށް އަޚުލާޤީ މިންގަނޑު ހިފަހައްޓަން ޖެހޭ ގޮތެވެ. ހަމަ މިއާ ވިދިގެން، ތިމާވަށައިގެންވާ އެހެނިހެންތަކެއްޗާއި، ޖަނަވާރުންނާމެދު ވެސް ކަމޭހިތައި އިޙުސާންތެރިކޮށް ހިތުމަށް މާތްވެގެންވާ އިސްލާމް ދީން ބާރު އަޅާފައިވެއެވެ. ސަލާމާއި ޞަލާވްތްލެއްވި އިތުރު ރަސުލާ ޙަދީޘް ކުރަސްވާފައިވެއެވެ: (إِنَّ اللهَ كَتَبَ الإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذاَ قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَ إِذاَ ذَبَحْتُمْ فَأَحْسِنُوا الذبْحَ) رواه مسلم:1955 މާނައީ:[ ހަމަކަށަވަރުން ކޮންމެ އެއްޗަކާއިމެދު އިޙުސާންތެރިކޮށްހިތުމަށް ﷲ އަމުރުކުރައްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން ޤިޞާޞް ހިފުމުގައްޔާއި، އަދި މިނޫނަސް ޝަރުޢީހަމަތަކުގެ މަތިން ކުރާ ޤަތުލުގައި، އެޤަތުލުކުރެވޭ ފަރާތާއި މެދު އޯގާތެރިވާށެވެ! އަދި ތިޔަބައި މީހުން ކަތިލާ ހިނދު އެކަތިލެވޭ އެއްޗަކާއިމެދު ވެސް އޯގާތެރިވާށެވެ.]

މަސްދަރު: drshaheem.com