ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެފްއޭއެމްގެ ރައީސް ކަމާއި ނައިބުރައީސް ކަމަށް އަދި ދެވަނަ ނަައިބުންގެ މަގާމަށް ދެ މީހަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެކްސްކޯގެ އާންމު 7 އާންމު މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެފްއޭއެމްގެ އެކްސްކޯގައި މަދުވެގެން ދެ އަންހެން މެންބަރުން ތިބެންޖެހެ އެވެ.
އަންނަ ޖުލައި މަހުގެ 26 ގައި ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.
އެފްއޭއެމް ހިންގަން ފީފާ އިން ކަނޑައެޅި ނޯމަލައިޒިން ކޮމިޓީގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.