Last Updated: June 30, 10:56
Monday, June 30, 2025
ޚަބަރު

މާލެ އިން ބުޅާތައް ގެއްލޭ މައްސަލަ ބަލަނީ

މާލެ އިން އުޅޭ ބުޅާތައް ގެއްލެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިނިސްޓްރީން ބުނީ މާލެއިން ބުޅާ ގެއްލޭކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަމަކު އެކަން އެއްވެސް ފަރާތުން ރަސްކޮށް މިނިސްޓްރީއަށް ހުށައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާތީ އެކަން ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.ޏެވެެ.

ފުލުހުންނަށް އެކަން ހުށަހެޅި ތަހުގީގެއް ކުރިއަށް ގެންގޮސް ބަލައި ފާސްކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ބާރު ލިބިފައި ވަނީ އެ މުއައްސަސާއަށް ކަމަށްވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުލުހުން ބުނީ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ އެދުމުގެ މަތިން ބުޅާ މަދުވާ މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުގީގު ފަށާފަިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީއާ ގުޅިގެން، ފުލުހުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕެޓްރޯލްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ބުޅާ މަދުވަމުންދާ ސަބަބު ދެނެގަތުމަށް ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނަށް ނުވަތަ މިނިސްޓްރީއާ ހިއްސާ ކުރުމަށް ވެސް އެދިފައިވެ އެވެ.

މާލޭގެ މަގުތައް މަތީގައި ބުޅާތައް ގިނަވެ އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވާތީ ހައްލެއް ހޯދަން ހުޅުމާލޭގައި "އޮޅު ހިޔާ" ގެ ނަމުގައި ފެސިލިޓީއެއް ހަދައި އެތަނަށް ބުޅާތައް ގެންގޮސް ބެލެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.