Last Updated: August 21, 16:30
Thursday, August 21, 2025
ޚަބަރު

ފައިނު އެކްސިޑެންޓް: ކުދިން ވެންޓިލޭޓަރުން ނަގައިފި

މިދިޔަ ބުރާސްފަތި ދުވަހު ރ. ފައިނުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ބޮޑެތި އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ތިން މީހުންގެ ތެރެއިން ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި އެވެ.

އެއޯ 16 އަހަރާއި 16 އަހަރުގެ ފިރިހެން ކުދިންނެވެ. މި ދެ ކުދިންގެ ތެރެއިން 16 އަހަރުގެ ކުއްޖާ އަކީ ސައިކަލް ދުއްވި ކުއްޖާ އެވެ. އަދި އަނެއް ކުއްޖާ އަކީ ސައިލުގެ ފަހަތުގައި އިން ކުއްޖާ އެވެ. އެ މީހުން ބާރު ސްޕީޑްގައި ދުއްވި ސައިކަލް އެކްސިޑެންޓްވީ ކަސްރަތަށް ދުވަން ނުކުމެ އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެއީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރަކެވެ.

އެކްސިޑެންޓްގައި ހަތަރު މީހުންނަށް ވެސް އަނިޔާވި ނަމަވެސް އެންމެ ބޮޑަށް އަނިޔާވި ދެ ކުދިންނާއި ޓީޗަރަށެވެ.

ޓީޗަރު އަދިވެސް އޮތީ ހާލު ދެރަކަމުން ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެކްސިޑެންޓާ ގުޅިގެން ފުލުހުން ސައިކަލް ޓޯކޮށްފައިވާ އިރު، މި ހާދިސާ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.