ސްރީ ލަންކަން އެއާލައިންސްގެ ކުރީގެ ޗެއާމަން ނިޝާންތާ ވިކްރަމަަސިންހަގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ އޭނަ އިއްޔެ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޮލޮމްބޯ ޗީފް މެޖިސްޓްރޭޓަށް ކޯޓަށް ހާޒިރު ކުރުމުން އަންނަ މަހުގެ 1 އާ ހަމައަށް ރިމާންޑް ޖަލެއްގައި ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ކޮރަޕްޝަނާއި ރިޝްވަތުގެ ގިނަ ތުހުމަތުތަކެއް ކުރެވި އެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން އަންނަނީ ބަލަމުންނެވެ. އޭނަ ސްރީ ލަންކަން އެއާލައިންސްގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ޅިޔަނު މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގަ އެވެ. މަހިންދަ ރައީސްކަން ކުރެއްވީ 2005-2014 އަށެވެ.
ނިޝާންތާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި ރިޝްވަތުގެ ގިނަ މައްސަލަތައް ހިނގާފައި ވަނީ 2014 ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގައުމީ އެއާލައިންގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން އަމިއްލަ މަސްލަހަތު އިސްކޮށް، ދައުލަތަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ނިޝާންތާ ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.