Last Updated: July 1, 09:02
Tuesday, July 1, 2025
ޚަބަރު

އިހުމާލުން 8 މަހުގެ ކުއްޖަކު މަރުވި މައްސަލައެއް

އައިޖީއެމްއެޗްގެ އިހުމާލުން 8 މަހުގެ ކުއްޖަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެ މައްސަލަ ބަލަން ފެށީ ކުއްޖާގެ އާއިލާގެ މީހަކު އެ ވާހަކަ ފޭސްބުކް ޕޯސްޓްގައި ހިއްސާކުރުމާ ގުޅިގެންނެވެ. އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި ކުއްޖާ އިއްޔެ ރޭ ނިޔާވީ އައިޖީއެމްއެޗްގެ ބޮޑެތި އިހުމާލުތަކެއްގެ ސަބަބުންނެވެ.

އާއިލާއިން ކިޔައި ދީފައިވާ ގޮތުގައި އުފަންވި ފަހުން ވެސް ސިއްހީ މައްސަލަތަކެއް ނެތް ޔޫނުސް އަށް މީގެ ދެ ހަފުތާ ކުރިން ބަދަލުތަކެއް އައިސް ހޮޑުލެވި، ބުއް ވެސް ނުބޮވި، ރޮވި ހާލު ދެރަވާން ފެށުމުން ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމުން ވެސް ހޮސްޕިޓަލުން ބޭސް ދީފައި ފޮނުވާލީ އެވެ.

ނަމަވެސް ދަރިފުޅުގެ ހާލަތަށް ބަދަލެއް ނާންނާތީ ތިންވަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމަށް މި މަހުގެ 20 ގައި އައިޖީއެމްއެޗަށް ދިއުމުން އެޑްމިޓްކޮށް އައިވީއެއް ގުޅިއެވެ. ނަމަވެސް ޖެހިގެން އައި ދުވަހުގެ ޔޫނުސްގެ ހަށިގަނޑު ދުޅަވެ ފުފެން ފެށި ކަމަށާއި އޭރު ވެސް ޑޮކްޓަރުން ދެތިން ފަހަރަކު ލެ އާއި ކުޑަކަމުދާ ތަކެތި އަދި ބޮޑުކަމުދާ ތަކެތި ނަގައި ޓެސްޓުތަކެއް ހެދި ކަމަށް އާއިލާ އިން ބުންޏެވެ. ފައެވެ.

ނަމަވެސް ޓެސްޓުތަކުގެ ނަތީޖާއެއް ނުދޭ ކަމަށާއި ދަރިފުޅަށް ދިމާވީ ސީދާ ކޮން ކަހަލަ މައްސަލަތަކެއް ވެސް ސާފުކޮށް ނުދޭ ކަމަށް އާއިލާ އިން ބުންޏެވެ.

އެކަމަކު ފަހުން ދަރިފުޅު ދުޅަވަނީ ފުރަމަގޭގައި ހުންނަން ޖެހޭ އެންޒައިމެން މަތިވެފައި ހުރުމުން ކަމަށާއި އެ އެންޒައިމްގެ ސަބަބުން ގައިގައި ފްލުއިޑް އިތުރުވެ ކުއްޖާގެ ބަނޑާ ހަށިގަނޑު ދުޅަވެ، ފުފެނީ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނީ ބުނީ ޔޫނުސްގެ ހާލަތު ރަނގަޅު ނުވެ، ނިޔާވީ ރާއްޖެ އިން ބޭރަށް ގެންދަން މިދިޔަ ބުރާސްފަތިން ފެށިގެން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި އާސަންދަ ވެސް ހަމަޖެހުނީ ކުއްޖާ ނިޔާވިތާ 10 މިނިޓް ފަހުން ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

އާއިލާ އިން ކުރި ތުހުމަތުތަކާ ގުޅިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނީ އެ މައްސަލަ ސަމާލުކަމަށް އެކަން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގައި ތަހުގީގެއް ކުރިއަށްދާ ކަމަށް ބުންޏެވެ.