ޤަޠަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދައިފި އެވެ.
އަދި އެތަނަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެމްބަސީއެއް ޤަޠަރުގައި އުފެއްދީ ރާއްޖެ އާއި ޤަޠަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި ތަޢުލީމީ، ސިޔާސީ، އިޤުތިޞާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައެވެ.