މާލޭގައި ހުންނަ އިމިގްރޭޝަންގެ ގުނަދަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޯކިޑް ބިލްޑިންގުގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކޮށްގެން ހައްޔަރުކުރީ ތިނަދޫ ދިލްބަހާރުގޭ، އަހުމަދު ނިއުޝަމް، 36، ކަމަށެވެ.
އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 26 ގަ އެވެ.
އެ މައްސަލައާ ގުޅިގެން ވަގަށް ނެގިތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
މި މައްސަލައިގައި ނިއުޝަމް ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
އޭނަ ގުދަނުން ވަގަށް ނެގި ތަކެތީގެ ތެރޭގައި އިންޖީނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.