Last Updated: July 1, 09:17
Tuesday, July 1, 2025
ޚަބަރު

އައްޑޫގައި "ހާލު ކިހިނެއް؟" ގެ ދެވަނަ ފިޔަވަހި

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި އައްޑޫގައި ފަށައިފި އެވެެ.

މި ފިޔަވަހީގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގެސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މިނިސްޓްރީން ބުނީ އައްޑޫގައި ޕްރޮގްރާމްގެ ދެވަނަ ފިޔވަހި މިދިޔަ ބުރާސްފަތި ދުވަހު ފަށައި ހިތަދޫގެ ގިނަ ގެތަކަށް ޒިޔާރަތްކޮށްފަިވާ ކަމަށެވެ. ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެ އެވެ.

މުޅި ރާއްޖޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަގުސަދަކީ ރައްޔިތުންގެ ޙާލަތު ދެނެގަނެ ބޭނުންވާ އެހީތެރިކަން، ގާތުން ފޯރުކޮށް ދިނުމެވެ.

މިހާތަނަށް "ހާލު ކިހިނެއް"؟ މާލޭގެ އިތުރުން، ހއ، ހދ، ނ، ރ، ބ، ޅ، ކ، ފ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ރަށްތަކުގެ އިތުރުން ފުވައްމުލަކުގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.