Last Updated: July 1, 09:19
Tuesday, July 1, 2025
ޚަބަރު

އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދު ވެސް އެލާޓް

މިއަދު ވެސް މުޅި ރާއްޖެ އަށް އުދަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. އިއްޔެ ވެސް މުޅި ރާއްޖެ އަށް އުދައިގެ އެލާޓް ނެރުނެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާނެ ކަމަށް ލަފާކުރެވޭތީ ކަމާބެހޭ އިދާރާތަކުން ވަނީ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށް އެވެ.