Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

މަހުގެ ބާވަތްތަކުގެ ވިޔަފާރި އަށް އައްޑޫން ބިން ދޫކުރަނީ

އައްޑޫ ހޮސްޕިޓަލް ސަރަހައްދު. ފޮޓޯ/ އަލީ ނާސިރު

މަހު ބާވަތްތަކުގެ ވިޔަފާރި އަށް ހާއްސަކޮށްގެން އައްޑޫ ހިތަދޫ އާރޭފް ސަރަހައްދުން 19 ބިމެއް ކުއްޔަށް ދޭން ނިންމައި އެ ބިންތަކަށް ކުރިމަތިލާން ކައުންސިލުން ހުޅުވާލައިފި އެވެ.

ބިންތައް ދޫކުރަން ނިންމާފައި ވަނީ އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓްރީ ފާމިން އަށެވެ. މި މަސައްކަތްތަކަށް ދޫކުރަން ނިންމާފައި ވަނީ 5،023 އަކަފޫޓާއި 7،109 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ އިރު، ބީލަމުގައި ރަޖިސްޓްރީވެވޭނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 24 އާ ހަމައަށެވެ. ރަޖިސްޓްރޭޝަނަށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ކައުންސިލުން ބުނީ ބިންތައް ދޫކުރަން ނިންމާފައި ވަނީ 20 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ބިންތަކަށް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަޝިޕް ލޯކަލް އިންވެސްޓްމަންޓް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.