ކާމިޔާބީގެ ސަބަބުތައް:
* ފައިދާހުރި ގޮތުގައި ވަގުތު ބޭނުން ކުރަން އެނގުން
* ހެޔޮ ކަންކަމުގައި ކުރިއަށް ދިޔުމަށް ތިމާގެ ހިތް އަބަދުވެސް އެދުން
* ކިތަންމެ އުނދަގޫތަކަކާއި ކުރިމަތިވި ކަމުގައި ވިޔަސް މަންޒިލާއި ހަމައަށް ދިއުން
* ކޮންމެ މަސައްކަތެއްގައި ވެސް ލަނޑުދަނޑި ފާހަގަކޮށް އެއަށް ވާޞިލުވެވޭނެ ގޮތްތައް ރާވާ ބެލުން
* ލަނޑުދަނޑިއާ ހަމައަށް ދިޔުމަށްޓަކައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރުން
* ޙަޔާތުގައި ކާމިޔާބު ލިބިފައިވާ މީހުންގެ ޙަޔާތުން ޢިބްރަތް ހޯދުން
* ހިތްނޭދޭ ކަމެއް ކުރަންއުޅުން ރަނގަޅުނުވާނެ، އަދި އެފަދަކަމެއް ކުރާ ނަމަ، ގި ނަފަހަރު އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެ.
ކާމިޔާބީ ހޯދާ މީހުންގެ ޞިފަތައް:
* ހީއެއްގެ އުޞޫލުން ކޮންމެ ކަމެއްގައިވެސް އެކަމެއް އެތަކެއް ފަހަރު ތަކުރާރު ކުރުން
* ރަނގަޅު ކަންކަމުގައި ފުރުޞަތު ހޯދައި ބެލުން
* ކުރިއަށްދާ މަގުގައި ދިމާވާ ކަންކަމާ ކެތްތެރިވުން
* އަމިއްލަ ކަންކަމުގައި ސިއްރު ހިފެހެއްޓުން
* ކަމަކަށް ޢަޒުމް ކަނޑައަޅައިފި ނަމަ ﷲ އަށް ވަކީލުކުރުން
* ވަގުތު ސަލާމަތް ކުރުން
ކާމިޔާބީ އެދޭމީހާ ދަންނާށެވެ!
* ކާމިޔާބަކީ ހަދިޔާއެއް ފަދައިން މީހަކު ދޭނެ އެއްޗެއް ނޫނެވެ. އަދި މަސައްކަތަކާއި ނުލައި ލިބޭނެ ޝަރަފެއް ވެސް ނޫނެވެ. ކާމިޔާބާ ހަމައަށް ދާން ބޭނުން ނަމަ ގަދައަޅާ ހިތްވަރާއެކު މަސައްކަތް ކުރަން ޖެހޭނެ އެވެ.
* އިރު، ވައި، ފެން އަދި ވަގުތަކީ ވެސް ހުއްޓުމެއް ނެތި ހިނގަ ހިނގާ ހުންނަ ތަކެއްޗެވެ. ވީމާ، އެއްވެސް މަސައްކަތެއް ނެތި ތިމާ ހުއްޓި ހުންނާނީ ކީއްވެގެން ހެއްޔެވެ؟
* ކާމިޔާބު ހޯދާ މީހުންނަށް ނޫނީ އެހެން މީހުންގެ އިޙްތިރާމެއް ނުލިބޭނެ އެވެ.
* ކޮންމެ ކަމެއްގައި ވެސް ﷲ އަށް ވަކީލުކޮށް ތިމާ އެކަމަށް މަސައްކަތް ކުރާށެވެ.
* ފައިދާއެއް ނެތް ގޮތެއްގައި ވަގުތު ނަގާ ނުލާށެވެ.
* ތިމާގެ ހަމަހިމޭންކަން ވިސްނުމަކަށް ހަދާށެވެ. ތަންތަން ބެލުމަކީ ޢިބްރަތް ޙާޞިލްކުރެވޭ ކަމެއްކަމުގައި ދެކޭށެވެ. ތިމާގެ ވާހަކަ ދެއްކުމަކީ ޛިކްރު ކުރުން ކަމުގައި ހަދާށެވެ.
* އެންމެ މިނެޓަކީ ވެސް ކިހާވަ ރެއްގެ އަގުހުރި އެއްޗެއްކަން ނުދަންނަނީ ނަމަ ތިމާއަކީ ކާމިޔާބީގެ މަގުގައި ކުރިއަށް ދެވޭނެ މީހެއް ނޫނެވެ.
* ޞާލިޙު އަޅުންގެ ސިޔަރަތާ ދޭތެރޭ ވިސްނާ ފިކުރުކުރުމާއި އެކު ކިޔުމަށް އާދަކުރާށެވެ.
* ޙަޔާތުގެ އެއްވެސް ވަގުތުކޮޅެއް ފައިދާ ނެތް ގޮތަކަށް ދޫ ނުކުރާށެވެ.
* ހޯދާފައިވާ ކާމިޔާބީއާ ބެހޭގޮތުން މީހުން ކައިރީގައި ވާހަކަ ނުދައްކާށެވެ.
* ތިމާގެ ދަރިންނަށް އަމިއްލަ އަށް އުޅެން ދަސްކޮށް ދޭށެވެ.
* ގިނަގިނައިން ހީސަމާސާކޮށް ނުހަދާށެވެ.
* ހުރިހާ ކަމެއްގައި ވެސް މާތް ﷲ އަށް އިތުބާރު ކުރާށެވެ.
މަސްދަރު: އިލްމު.އެމްވީ